ލ އަތޮޅުން ފެށިގެން ގދ އާއި ހަމައަށް މޫސުން ގޯސް

ލ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ. ދަންވަރު 3:55ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މ...

21 Jul 2018 | 23:35

ލ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

ދަންވަރު 3:55ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މިއަދު ދަންވަރު 4:15 އިން ފެށިގެން ހެނދުނު 10:00 އާއި ދެމެދުގެ ވަގުތުތަކުގައި ލ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ހަމަ މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް