ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް ބަނޑޭރި ޕޭ (BandeyriPay) ގެ ނަމުގައި، އޮންލައިން ޕޭމަންޓް ޕޯޓަލްއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ގާއިމްކޮށްފައިވާއިރު މިޕޯޓަލް މެދުވެރިކޮށް ޝަރުޢީދާއިރާއަށް ވެސް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
https://bandeyripay.finance.gov.mv/
"ޝަރުޢީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ތިރިގައި މިވާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށް އެދި ދަންނަވަމެވެ." ޑީޖޭއޭއިން ބުނެފައިވެއެވެ.
ޑީޖޭއޭއިން ބުނެފައިވަނީ މި ގޮތަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހުމާއެކު، ކޮވިޑް-19 އާ ގުޅިގެން 2020 މާރޗް 18 ވަނަ ދުވަހު އެ ޑިޕާރޓްމަންޓުން ނެރެފައިވާ 198-P/2020/85 އިއުލާނުގައިވާގޮތަށް ޝަރުޢީދާއިރާއަށް ދައްކަންޖެހޭ ފައިސާ، އެ އިޢުލާނުގައިވާ ބޭންކް އެކައުންޓަށް ބަލައިގަތުން 2020 ޖޫން 30 ގެ ފަހުން ހުއްޓާލާނެ ކަމަށެވެ.
ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" ލިންކް މެދުވެރިކޮށް ދެއްކުމަށާއި އަދި ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް، އެތަނަކުން މަޢުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ ފޯނު ނަންބަރަކަށް ނުވަތަ އީމޭލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް