14 އަހަރުގެ ފިރިހެން ކުއްޖާ ގެއްލިގެން ހޯދަމުން އަންނަތާ ހަތަރު ދުވަސް، އަދި ނުފެނޭ

14 އަހަރުގެ ފިރިހެން ކުއްޖާ ގެއްލިގެން ހޯދަމުން އަންނަތާ ހަތަރު ދުވަސް، އަދި ނުފެނޭ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އެކަން މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އަ...

22 Jun 2019 | 07:19

14 އަހަރުގެ ފިރިހެން ކުއްޖާ ގެއްލިގެން ހޯދަމުން އަންނަތާ ހަތަރު ދުވަސް، އަދި ނުފެނޭ

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އެކަން މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ޝައިމް ޢަބްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް