ޖަލުގައި ހިނގި ހާދިސާގައި އިހުމާލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އިހުމާލުވަނީ ކޮން ފަރާތްތަކެއްކަން ދެނެގަނެ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމުގައި ހޯމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މި...

22 Jun 2019 | 04:02

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އިހުމާލުވަނީ ކޮން ފަރާތްތަކެއްކަން ދެނެގަނެ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމުގައި ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި، ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިނުގަންނަ އަދި ކަނޑައެޅިގެން އެކަންކަން ކުށްވެރިކުރާކަންކަމެވެ. އަދި އިނިސްޕެކްޓްރ އޮފް ކަރެކްޝަނަލް ސާވިސް މި މައްސަލައާ ގުޅިގެން ހިންގަވާ ތަހުގީގި ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންވާ ފިޔަވަޅު އަޅައި، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ.

20 ޖޫން 2019 ވަނަ ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވެއްޖެކަމުގެ ޚަބަރު ލިބުމާއެކު، އެރޭ ވަގުތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އާއި އިންސްޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރައްވާފައި ކަމުގައި ހޯމް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކުރެވުނު މަސައްކަތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކަށް ބަންދުގައި ހުރި މީހެއްގެ ފަރާތުން އަނިޔާވުމުގެ ސަބަބުން މާފުށީގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަމާއި، ބައެއް ބަންދު މީހުންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމާއި، ބަންދުމީހުން ކޮންޓްރޯލު ކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބަންދު މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިކަމާ ގުޅިގެން އަނިޔާ ލިބިފައިވާ ބަންދު މީހުންނަށް ލަސްނުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި އަދިވެސް އެހެން ކަންކަމާ ގުޅޭގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދީފައިވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް ޖަލުގައި އަނިޔާ ލިބުނު ގައިދީންނަށް ދިން އަނިޔާތަކަށް ފަރުވާ އެއް ދިނުމަށް ޖަލު އޮފިސަރުން ދެކޮޅު ހަދަމުން އަންނަ ކަމުގެ އަޑުތައް ރޭގައި ގަދަވިއެވެ. އަދި ރޭގައި ޖަލުގައި އެކަމާ ގައިދީން ގޮޅިތަކުގައި މުޒާހަރާ ކުރި ކަމަށްވެސް އަޑުތައް ފެތުރުނެވެ. ކަރެކްޝަންސުން އެކަންކަން ދޮގުކުރިއެވެ. އެހެންނަމަވެސް ޖަލު ގައިދީން ރެކޯޑްކޮށްފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ރޭގައި ދައުރު ކުރިއެވެ. އަނދިރިކަމުން އެ ވީޑިއޯތަކުން މަންޒަރެއް ނުފެނެއެވެ.ނަމަވެސް އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށް "ޑޮކަށް" ގެންދިއުމަށް ގައިދީން ގޮވާ ހަޅޭއްލަވާ އަޑު އިވެއެވެ.

[contentcards url="https://dhuvas.mv/88681" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް