ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީ ވެއްޖެ: ހޯމް މިނިސްޓަރު

ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މިއަދު މާޒީވެފައިވާކަމުގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީ...

21 Jun 2019 | 23:39

ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މިއަދު މާޒީވެފައިވާކަމުގައި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެއީ މާޒީ ކަމަށާއި އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަނަލް އޮފިޝަރުން އެއްކިބާވުމަށް ނަސޭހަތްތެރިވެލައްވާކަމަށެވެ.

ޖަލުގައި ގައިދީން ތަކަކަށް ލާއިންސާނީ އަނިޔާތަކެއް ދެމުން އަންނަކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލުތަކެއް އައިސްފައި ނެތް ކަމަށެވެ. އަދި މިއީ އެއް ދުވަހުން ދެދުވަހަކުން ބަދަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ގައިދީންނަށް ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުން އަޅުގަނޑުމެން ހުއްޓުވާނަން" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ފުރިހަމަ ތަހުގީގަކާ ނުލާ އޮފިޝަރުންނާއިމެދު ފިޔަވަޅު އެޅުމަކީވެސް ކުރައްވާނެ ކަމެއް ނޫންކަމަށެވެ.

މިނިސްޓަރު މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ޖަލުގައި ގައިދީން ތަކަކަށް އަނިޔާތަކެއް ދީފައިވާކަމަށް ބައެއް ގައިދީންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ބޯ ބާލުވައި، އެ ގައިދީންގެ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ވައްޓާލައި ބޫޓުން ތަޅާ އަނިޔާކޮށްފައިވާކަމަށް ބައެއް ގައިދީންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް ކަރެކްޝަންސުން މިކަންކަން ދޮގު ކުރެއެވެ.

https://twitter.com/ShimranAb/status/1142136714191708160

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް