ހާލުގައި ޖެހިފައިވާ ބިދޭސީންތަކެއް ތިބި ޑިންގީއެއް ފެނިއްޖެ

އަރި އަތޮޅުގެ 60 ނޯޓިކަލް ބޭރުން ހާލުގައި ޖެހިފައި އޮތް ޑިންގީއެއް ފެނިއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެކަމުގެ ރިޕޯޓު ކުރީ މިއަދު މެންދުރު 14:04 ހާއި...

22 Jun 2018 | 17:37

އަރި އަތޮޅުގެ 60 ނޯޓިކަލް ބޭރުން ހާލުގައި ޖެހިފައި އޮތް ޑިންގީއެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެކަމުގެ ރިޕޯޓު ކުރީ މިއަދު މެންދުރު 14:04 ހާއިރު ކަމަށެވެ. ރިޕޯޓު ކުރީ އއ. ރަސްދޫގައި މަސްވެރިކަން ކުރާ "ރަންދެލި" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ޑިންގީ އޮތް ސަރަހައްދަށް ދެވިފައިވަނީ މިރޭ 19:00 ހާއިރު އެވެ.

އޭނާ ވިދާޅުވީ ޑިންގީގައި ތިން ބިދޭސީން ތިބި ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ކާއެއްޗިއްސާއި ފެނަށް ޖެހުމުގެ ސަބަބުން ވަރަށް ދެރަ ކަމަށެވެ. އަނެއް ދެމީހުންގެ ހާލު ރަނގަޅު ކަމަށް އާޒިމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމީހުން މިހާރު ވަނީ މާލެ ގެނެސް ފުލުހުންނާއި ހަވާލުކޮށްފައި ކަމަށާއި އެއީ ކޮންބައެއްކަން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ. ބެލެވޭގޮތުގައި އެމީހުން ކަނޑުމަތީގައި ހާލުގައި ޖެހިފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް