ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް "ޖަޒީރާ ރަން"ގެ ނަމުގައި އެމްޑީޕީން މިއަދު ބާއްވަން އުޅުނު ދުވުމަށް ހުރަސް އަޅައި ފުލުހުން ހައްޔަރު ކުރި އެ ޕާޓީގެ އިސްވެރިން ދޫކޮށްލައިފި އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ގެ އިތުރުން ޔޫތް ވިންގުގެ ރައީސް މީކާއީލް ނަސީމް އާއި ދެ މެންބަރެކެވެ.
ފުލުހުން ދުވުމަށް ހުރަސް އެޅީ ދުވުން ފެށީތާ މާ ގިނަ އިރެއް ނުވެ އެވެ. ހައްޔަރު ކުރި އެންމެ ދޫކޮށްލާފައިވަނީ އޮރުއޮއްސި 6:30 ހާއިރު އެވެ.
އެންމެ ފުރަތަމަ އެ ދުވުން ބާއްވަން އެމްޑީޕީން ނިންމާފައި އޮތީ ޓްރެކް ދަނޑުގައި އެވެ. އެކަމަކު ޔޫތް މިނިސްޓްރީން ވަނީ ކުއްލިއަކަށް މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 ވަންދެން އެތަން އާންމުންނަށް ބަންދުވާނެ ކަން އިއުލާންކޮށްފަ އެވެ.
އެހެންވެ އެމްޑީޕީން ދުވަން މަސައްކަތް ކުރީ މަގުމަތީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް