ނައިޖީރިޔާ ބަލި ނުކުރެވިއްޖެނަމަ ސަންޕައޯލީ އެނބުރި ގައުމަށް އަންނާނެ ކަމެއްނެތް: މަރަޑޯނާ

އާޖެންޓީނާއަށް ނައިޖީރިޔާ ބަލިނުކެރެވިއްޖެނަމަ، އާޖެންޓީނާގެ ކޯޗް ހޮރހޭ ސަމްޕައޯލީ އެނބުރި އާޖެންޓީނާއަސް އަންނާނެ ކަމެއް ނެތް ކަމަށް އާޖެންޓީނާގެ ބަތަލު ޑިއޭގޯ މަރަޑޯނަ ބުނެފިއެވެ. މަރަޑޯނާ މިހެން ބު...

22 Jun 2018 | 08:54

އާޖެންޓީނާއަށް ނައިޖީރިޔާ ބަލިނުކެރެވިއްޖެނަމަ، އާޖެންޓީނާގެ ކޯޗް ހޮރހޭ ސަމްޕައޯލީ އެނބުރި އާޖެންޓީނާއަސް އަންނާނެ ކަމެއް ނެތް ކަމަށް އާޖެންޓީނާގެ ބަތަލު ޑިއޭގޯ މަރަޑޯނަ ބުނެފިއެވެ.

މަރަޑޯނާ މިހެން ބުނެފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އައިސްލޭންޑާއި އެއްވަރުވި މެޗަށް ފަހު އާޖެންޓީނާގެ ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މަރަޑޯނާ ވަނީ އައިސްލޭންޑް މެޗުގައި ސަމްޕައޯލީ ބެނުންކުރި އުކުޅުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިގޮތުން އާޖެންޓީނާގެ ކުޅުންތެރިންނަށް ވުރެ އައިސްލޭންޑުގެ ކުޅުންތެރިން ދިގުއިރުވެސް އާޖެންޓީނާގެ ކޯނަރުތައް މަތިންނެގިކަން މަރަޑޯނާ ވަނީ ފާހަގަ ކޮށްފައެވެ.

މަރަޑޯނާ ބުނެފައިވާގޮތުގައި ނައިޖީރިޔާއާއި އާޖެންޓީނާ ބައްދަލުކުރާ މެޗަކީ އާޖެންޓީނާއަށް މައްސަލަ ބޮޑުމެޗަކަށް ވާނެކަމަށެވެ. ސަބަބެއްގެ ގޮތުގައި މަރަޑޯނާ ފާހަގަކޮށްފައިވަނީ ނައިޖީރިޔާއަކީ ތަޖުރިބާ ހުރި ޓީމަކަށް ވުމުގެ އިތުރުން އެޓީމަށް ކައުންޓާ އެޓޭކް ކުރަން އެނގުމާއި ގޯލްޖެހުމުގެ އުކުޅުތައް އެޓީމަށް އެނގުމެވެ.

މިދިޔަ އަހަރު އާޖެންޓީނާއާއި ނައިޖީރިޔާ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ނައިޖީރިޔާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި ނައިޖީރިޔާ ކުޅޭ މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 11:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް