އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޭރިއަލް ސަވައިލެންސް ޕެޓްރޯލް ނިންމާލައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ އިގްތިޞާދީ ކަނޑުގެ ސަރަހައްދު ބެލުމަށް ކުރިއަށްގެންދިޔަ މި ޕެޓްރޯލްގައި ރާއްޖޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތުގެ ބޮޑުބައެއް ވައިގެ މަގުން ވަނީ ބަލާފައެވެ.
މި ޕެޓްރޯލްގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް އެއްވެސް ހަރަކާތެއް ހިނގާތޯ ވަނީ ބަލާފައި ކަމަށާއި ސިލްސިލާކޮށް ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަންގައި އިންޑިއަން ނޭވީގެ ޑޯނިއަރ ދެ މަތިންދާ ބޯޓެއް ވަނީ ހަރަކާތްތެރިވެފައި ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް