ހެލްތު ސެކްޓަރަށް ހަރަދު ކުރުމުގެ އެންމެ ކުރީގައި ދިވެހިރާއްޖެ

މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭން ހެލްތު ސެކްޓަރަށް ހަރަދު ކުރުމުގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެ ކަމުގައި ނެޝަނަލް ހެލްތު ޕްރޮފައިލް 2018 ގައި ހާމަކޮށްފި އެވެ. ނެޝަނަލް ހެލްތު ޕްރޮފްއިލް އަކީ...

22 Jun 2018 | 03:06

މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭން ހެލްތު ސެކްޓަރަށް ހަރަދު ކުރުމުގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެ ކަމުގައި ނެޝަނަލް ހެލްތު ޕްރޮފައިލް 2018 ގައި ހާމަކޮށްފި އެވެ.

ނެޝަނަލް ހެލްތު ޕްރޮފްއިލް އަކީ އިންޑިއާގެ ބިއުރޯ އޮފް ހެލްތު އިންޓެލިޖެންސުން ކޮންމެ އަހަރަކު ނެރެމުން އަންނަ ރިޕޯޓެކެވެ.

އެ ރިޕޯޓްގައިވާގޮތުގައި ދެކުނު އޭސިއާގެ ގައުމުތަކުގެ ތެރޭން ރާއްޖެ އެންމެ ކުރީގައި އުޅެނީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތަކުންނެވެ. އެގޮތުން ބޫޓާނުން އެ ގައުމުގެ ޖީޑީޕީގެ 2.5 އިންސައްތަ ހެލްތު ސެކްޓަރަށް ހަރަދު ކުރާއިރު ސްރީލަންކާއިން ހަރަދު ކުރަނީ 1.6 އިންސައްތަ އެވެ.

ނޭޕާލުން 1.1 އިއްސަތަ ހަރަދު ކުރާއިރު ލިސްޓުގެ އެންމެ ދަށުގައި އޮތީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް އިން ހެލްތު ސެކްޓަރަށް ހަރަދު ކުރަނީ ޖީޑީޕީގެ 0.4 އިންސައްތަ އެވެ. ދެވަނައަށް އެންމެ ދަށުގައި އޮތީ އިންޑިއާ އެވެ. އިންޑިއާއިން އެގައުމުގެ ޖީޑީޕީގެ އެއް އިންސައްތަ ހެލްތު ސެކްޓަރަށް ހަރަދު ކުރެ އެވެ.

ލިސްޓުގެ އެއްވަނައިގާ ރާއްޖެ އޮތް އިރު އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ރާއްޖޭގެ ޖީޑީޕީގެ 9.4 އިންސައްތަ ހެލްތު ސެކްޓަރަށް ހަރަދު ކުރެ އެވެ. މި ލިސްޓަކީ ދެކުނު އޭސިއާގެ 10 ގައުމެއް ހިމެނޭ ލިސްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް