މިދިޔަ މެއި މަހު ކުރިއަށްގެންދިޔަ އިރާގުގެ އާންމު އިންތިހާބުގެ ވޯޓު އަލުން ގުނުމަށް އެގައުމުގެ މަޖިލީހުން ފާސްކުރި ފާސްކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދު ކޮށްފި އެވެ.
އިންތިހާބުގެ ނަތީޖާ އާއިމެދު ސުވާލު އުފައްދާފައިވާއިރު ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތިބި މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެމްބަރުންގެ ގޮނޑި، އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ވަނީ ގެއްލިފަ އެވެ. މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ ކޯލީޝަނަށް ލިބިފައިވަނީ ތިންވަނަ އެވެ.
މަޖިލީހުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާއިރު ކުރިން ވޯޓު ގުނާފައިވަނީ އިލެކްޓްރޯނިކް ސިސްޓަމްތަކެއް މެދުވެރިކޮށެވެ. ގިނަ ބަޔަކު ނަތީޖާއާއިމެދު ޝައްކު އުފައްދާ ސަބަބަކީވެސް އެ އެވެ.
ވޯޓު އަލުން ގުނަން ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާއިރު އިންތިހާބުގައި ބޭނުންކުރި ވޯޓު ފޮށިތަކާއި ވޯޓު ގުނަން ބޭނުންކުރި މެޝިނުތައް ރައްކާކޮށްފައިހުރި ގުދަނެއްގައި މި މަހު ކުރީކޮޅު އަލިފާން ރޯވެފައި ވެ އެވެ. ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް ވޯޓު ފޮއްޓަކަށް ގެއްލުން ނުވާކަމަށެވެ. ނަމަވެސް ވޯޓު ގުނަން ބޭނުންކުރި މެޝިނު ތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ކަމަށެވެ.
ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާއިރު ވޯޓު އަލުން ގުނާއިރު އެކަންކަން މޮނީޓަރ ކުރުމަށް، ޖުޑީޝަރީ ހިމެނޭގޮތަށް ހަތް ޖަޖުންގެ ޕެނަލެއް އެކުލަވާލުމަށްވެސް ސުޕްރީމް ކޯޓުން ލަފާ ދީފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް