ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖޭގައި ތިބި ބިދޭސީން، އެ ބިދޭސީން ނިސްބަތްވާ ގައުމުތަކަށް އަނބުރާ ދިއުމަށް ނުވަތަ ފޮނުވާލުމަށް ކުރެވޭ މަސައްކަތުގައި މިއަދު 571 ބިދޭސީއަކު ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި މަސައްކަތުގައި މިއަދަކީ ބުރަ ދުވަހެއް ކަމަށެވެ.
އެގޮތުން ޗާޓަރކޮށްފައިވާ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 352 މީހަކު ފުރުވާލާފައިވާކަމަށް ބުނެފައިވެއެވެ. އަދި އިންޑިއާގެ 152 މީހަކާއި ޗައިނާގެ 67 މީހަކު މިއަދު ފޮނުވާލާފައި ނުވަތަ ފުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
https://twitter.com/ImmigrationMV/status/1263784188894830592
ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތުގައި އިންޑިއާއިން ވަނީ ކަނޑުމަގުންވެސް އެ ގައުމުގެ ބައެއް ރައްޔިތުން ގެންގޮސްފައެވެ. ބަންގްލަދޭޝް އިން ވެސް މިހާތަނަށް 800 ރައްޔިތުން އެ ގައުމަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް