ސިޔާސީ މަސްރަހުގައި މިއަދު މި ފެންނަ ޖަޒްބާތަކީ ވެރިކަމުގެ އަރައިރުން ކަމަށާއި އެއީ ގޭތެރޭގަ ގަދަހިފުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައިސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ބެލެވޭގޮތުގައި ރީކޯގެ މި ބަސްތައް އަމާޒުކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގާ ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭއްވުމުގައި މާބޮޑު އިންސާފެއް ނުވިސްނޭކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވެއެވެ.
ބެލެވޭގޮތުގައި މިކަމާއިމެދު ރީކޯ މޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ 2008ގައި އެމްޑީޕީއާ ވެރިކަން ހަވާލުކުރީވެސް ޖަލުތަކުގާ މަރާފައިވާމީހުނާ އަނިޔާގެމައްސަލަތަކާ އެފްޕީއައިޑީ، އެއަރމޯލްޑިވްސް ފަދަޚިޔާނާތުގެމައްސަލަބަލާނެކަމަށް ވަޢުދުވީމަ ކަމަށެވެ.
"ވެރިކަންދިނީމަ އެކަންކުރިތަ، ދުލުގަހިފާނުދަމާ" ރީކޯ މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ReekoMoosa/status/1263743771209904128
އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު މިއަދު ހިއްސާކުރެއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އަދި އުސޫލުތަކަށް އަޅުގަނޑު ތާއީދެއް ނުކުރައްވާކަމަށާއި އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.
“އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް.” ރައީސް ނަޝީދުގެ ނޯޓުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން މަރުކޮމިޝަންގެ މައްސަލަތައްވެސް ހަމަ މިފަދަ ކަމަށާއި ކުރާން ބުނި ކަންކަންވެސް އަޅުގަނޑުމެން ޖެހޭނީ ކުރަން ކަމުގައި ރައީސް ނަޝީދުގެ ނޯޓުގައި ލިޔުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް