ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި ޕީއެސްއެމުން މާފަށް އެދިއްޖެ

2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި މާފަށް އެދުމަށް ބ...

22 May 2019 | 10:23

2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އެންގި އެންގުން ތަންފީޒުކޮށް ޕީއެސްއެމްއިން އެކަމަށް މައާފަށް އެދިއްޖެއެވެ.

މައާފަށް އެދި ޕީއެސްއެމްއިން ނެރެފައިވާ ބަޔާނުގައި މާފަށް އެދެން އެންގިތާ އެއް އަހަރާއި ދެ މަސް ދުވަސް ފާއިތުވިއިރުވެސް، އެ ކުންފުނީގެ އޭރުގެ މެނޭޖްމަންޓުން އެކަން ނުކޮށް އޮތްނަމަވެސް، މިކަން ތަންފީޒު ކުރުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައި، ދިވެހި ރައްޔިތުންގެ ވޯޓުން އައު ސަރުކާރެއް އިންތިހާބުކޮށް، ސަރުކާރުން އައު ޑިރެކްޓަރުނގެ ބޯޑަކާއި އިސް މެނޭޖްމަންޓެއް ކަނޑައެޅުއްވުމާ ހަމައަށް ބްރޯޑްކާސްޓިން ކޮމިޝަން ހަނު އޮތުމަށްފަހު މިކަން ތަންފީޒު ކުރުވުމަށް 21 އޭޕްރީލް 2019ގައި ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.

"ޕަބްލިކް ސާވިސް މީޑިއާ ވަކި ފަރާތަކަށް ބުރަވެ އޮވެގެން ކުރަމުން އައި މަސައްކަތް ބަދަލުކޮށް، ސަރުކާރުގެ ނުފޫޒު ނެތް މާހައުލެއްގައި ބްރޯޑްކާސްޓަރެއްގެ ހިދުމަތް ދިނުމަށް އަމާޒު ހިފައިގެން، މި ކުންފުނީގެ އައު ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި، މާ ކުރީގެ ކަމެއް މިހާރު ތަންފީޒު ކުރުވަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މަޖްބޫރު ކުރަމުންގެންދާތީ، އެ ކޮމިޝަނުން އަންގާފައިވާ އެންގެވުމާ އެއްގޮތަށް އެ ކޮމިޝަނުން އެންގެވި ކަންތަކަށް މި ކުންފުނިން މައާފަށް އެދި މި ބަޔާން ނެރުނީމެވެ" މައާފަށް އެދި ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ މައްސަލައިގާ މައާފަށް އެދެން ޕީއެސްއެމަށް ބްރޯޑްކޮމުން އެންގީ 20 ފެބްރުއަރީ 2018ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް