ދޯންޏަކާއި ދޯނީގެ ފަޅުުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް

އައްޑޫސިޓީ ހުޅުމީދޫ ފެނަކައަށް ތެޔޮ އުފުލަމުންދިޔަ ދޯންޏެއް އެ ދޯނީގެ ފަޅުވެރިންނާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮ...

22 May 2019 | 09:50

އައްޑޫސިޓީ ހުޅުމީދޫ ފެނަކައަށް ތެޔޮ އުފުލަމުންދިޔަ ދޯންޏެއް އެ ދޯނީގެ ފަޅުވެރިންނާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރޭގައި މި ދޯނި ބަލާ ފާސްކުރިއިރު ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯނީގައި ދިވެއްސަކު ނެތް ކަމަށާއި ތިބީ މުޅިންވެސް ބިދޭސީން ކަމަށެވެ. ދޯނީގައި ނަމެއް ނެތް ކަމަށާއި ދޯނީގެ ނަން އެނގޭ މީހަކުވެސް ދޯނީގައި ނެތް ކަމަށެވެ. އަދި އެއްވެސް ސެޓިފިކެޓެއްވެސް ނެތްކަމަށެވެ.

މީގެ އިތުރުން އެ ދޯނީގައި ވޯކް ޕާމިޓް އޮތް އެކަކުވެސް ނެތް ކަމަށާއި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމުގައިވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ދޯނީ ދަތުރުކުރުން ހުއްޓުވުމަށްފަހު ދޯންޏާއި ދޯނީގައި ތިބި ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ. ދޯނީގައި ހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ ހަ ހާސް ލީޓަރުގެ ޑީސަލް އަދި ފިހާރައަކަށް ގެންދާ އައިސްކުރި ކުކުޅު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް