މާލޭ ގެއެއްގެ ގޯޅިތެރެއިން ވެރިއަކު ނެތް ދެ ދަބަހާއި ފޮއްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2019 މެއި 15 ވަނަ ދުވަހު މާލޭ ގެއެއްގެ ގޯޅި ތެރެއިންނެވެ.
މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޟިރުވެ، މިތަކެއްޗާއި ހަވާލުވެލެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް