އދ. ގެ ސެކްރެޓަރީ ޖެނެރަލް އަށް މަގާމުގެ ފަތްކޮޅު އަރުވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް އިއްޔެ މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ. އެންޓޯނިއޯ ގުޓަރޭޒް އަށް މަގާމުގެ ފަތްކޮޅު އެރުވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ ސަފީރު ތިލްމީ...

22 May 2019 | 08:34

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް އިއްޔެ މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

އެންޓޯނިއޯ ގުޓަރޭޒް އަށް މަގާމުގެ ފަތްކޮޅު އެރުވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ ސަފީރު ތިލްމީޒާ ހުސައިން އެވެ. ތިލްމީޒާ އަކީ ރާއްޖެ އިން އދ. އަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.

ތިލްމީޒާ ވަނީ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް ފަތްކޮޅު އަރުވައި މަގާމުގެ މަސްއޫލިއްޔަތުތައް ރަސްމީކޮށް ހަވާލުކުރައްވާފައެވެ.

https://twitter.com/MVPMNY/status/1130976977572253696

ތިލްމީޒާ އަކީ އދ.ގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަށް ވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް