ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ސްޕެއިންގެ ރާނީ ލެޓިޒިއާ އޯޓިސް ރޮކަސޮލާނޯ އާއި ބައްދަލުކުރައްވައިފި އެވެ.
މިނިސްޓައި ސްޕެއިންގެ ރާނީ އާއި ބައްދަލުކުރެއްވީ ސުވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށް ދާ 72 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތަ ބޭނުން ކުރާނެ ގޮތާއި، ސިއްހަތާ ހުރި ގުޅުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ވޯލްޑް ހެލްތު އެސެމްބްލީ ކުރިއަށް ދަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓަރު އަމީން އިއްޔެ ވަނީ މި އެސެމްބްލީގައި ތަޤްރީރު ދެއްވާފައެވެ. މިނިސްޓަރު ދެއްވި ތަޤްރީރުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކާއި، ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިންގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކުރާ ހޭދަ އިތުރުވުމާއެކުވެސް ޔުނިވަރސަލް ހެލްތް ކަވަރޭޖް ކަށަވަރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.
މި އެސެމްބްލީގައި މި އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެމްބަރުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް