މާލެ ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖައްސައިފި

މި އަހަރު ފިޠުރު ޢީދުގެ  ޢީދު ނަމާދު، މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖައްސާފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި 1440 ...

22 May 2019 | 07:41

މި އަހަރު ފިޠުރު ޢީދުގެ  ޢީދު ނަމާދު، މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖައްސާފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި 1440 ވަނަ އަހަރު ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާއެކު މިހާރު ވަނީ މަޝްވަރާ ކުރެވިފައެވެ. އެ މަޝްވަރާތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި އެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލްގެ އިތުރު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރު ފިޠުރު ޢީދުގެ  ޢީދު ނަމާދު، މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް ހަމަޖައްސާފައިވާއިރު ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ޢީދު ނަމާދު ކުރަމުން އަންނަނީ ބޮޑު ޖަމާއަތް ހަދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް