ގައިދީންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް އެމީހުން ފޮތްތެރި ބަޔަކަށް ހަދާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެއްޓުމަށް އަމީނިއްޔާ ސުކޫލުގައި ކުރިއަށް ދިޔަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ ހާލަތު ބަދަލު ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެކަން ބަދަލު ކުރެވޭނީ ގައިދީންގެ ވިސްނުން ބަދަލު ކުރެވިގެން ކަމުގައެވެ. އެގޮތުން ޖަލުގެ ލައިބްރަރީގެ ހިދުމަތް ވަރަށް ބޮޑަށް ތަރައްގީ ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، ކޮންމެ ބޭފުޅަކުވެސް ވީވަރަކުން ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް