އަންހެން ބޭފުޅުންނަށް ހާއްސަ ދަރުސް ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި

އަންހެން ބޭފުޅުންނަށް ޙާއްސަ ދަރުސްތަކެއް މި އަހަރުގެ ރަމަޟާން މަހު ދެމުން އަންނައިރު މި ސިލްސިލާގެ ދެވަނަ ދަރުސް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވަން ނިންމައިފިއެވެ....

22 May 2019 | 07:27

އަންހެން ބޭފުޅުންނަށް ޙާއްސަ ދަރުސްތަކެއް މި އަހަރުގެ ރަމަޟާން މަހު ދެމުން އަންނައިރު މި ސިލްސިލާގެ ދެވަނަ ދަރުސް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވަން ނިންމައިފިއެވެ.

އެގޮތުން އެ ދަރުސްގެ މައުޟޫއު އަކީ "ނަފްސު އިސްލާޙް ކުރުމުގައި ހިތާއި ސިކުނޑީގެ ދައުރު" ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މި ދަރުސް ދެއްވާނީ އަލްއުސްތާޛާ އަނާރާ ނަޢީމާއި އަލްއުސްތާޛާ ފާޠިމަތު ސާމިރާ އާއި އަލްއުސްތާޛާ އާފިޔާ ޢަބްދުލްޙަކީމްގެ އިތުރުން އަލްއުސްތާޛާ އަރޫޝާ މާހިރު ކަމުގައިވެސް އެ މިނސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 21:30ގައެވެ.

[contentcards url="https://www.facebook.com/minislamicaff/photos/a.483852228351314/2205196942883492"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް