މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ފިތުރު ޒަކާތް ދެއްކި އަދަދު 10 އިންސައްތަ އިތުރު: އިސްލާމިކް މިނިސްޓްރީ

ކުރީ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 16 ދުވަހާ އަޅާ ބަލާއިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 16 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކި އަދަދު 10 އިންސައްތަ އިތުރުވެފައިވާކަމަށް އިސްލާމިކް ...

22 May 2019 | 07:09

ކުރީ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 16 ދުވަހާ އަޅާ ބަލާއިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 16 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކި އަދަދު 10 އިންސައްތަ އިތުރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 16 ދުވަހުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ އަދަދަކީ 1.4 މިލިޔަން ރުފިޔާއެވެ. ނަމަވެސް މި އަހަރު (1440) ގެ ފުރަތަމަ 16 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހުޅުވައިލީ 2 ރަމަޝާން އިން ފެށިގެންނެވެ. ރަމަޝާން މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލައިފައި ވާނެ ކަމަށް އިސްލާމިން މިނިސްޓްރީން ބުނެފައިވެއެވެ.

ޒަކާތް ބަލައިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ.  އަދި މާލޭ ސިޓީ (މާލެ/ ހުޅުމާލެ/ ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭ އަގުތަކަކީ  އާދައިގެ ހަނޑޫ – 15 ރުފިޔާ ، ތައިލެންޑް ހުދު ހަނޑޫ – 45 ރުފިޔާ،  ބާސްމަތީ ހަނޑޫ – 95 ރުފިޔާ،  ރަތް ހަނޑޫ – 75 ރުފިޔާ  ގެ އިތުރުން، އާދައިގެ ފުށް – 15 ރުފިޔާ އަދި  އާޓާ ފުށް – 60 ރުފިޔާ އެވެ.

ފިތުރު ޒަކާތް ދެއްކާނެ އިތުރު ގޮތްތައް:

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް