ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިން ސްކޫލަށް ވެސް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ

ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެއްވައިފިއެވެ. ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތަ...

22 May 2019 | 06:49

ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެއްވައިފިއެވެ.

ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދ. ވާނީގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދެއްވަވާފައި ވާކަމަށް ފޮރިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ، މި ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުން ކަމުގައެވެ.

މީގެ އިތުރުން، އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވެސް 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުވާރުން ވަނީ ވެދެއްވާފައެވެ.

މި އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް