އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާގެ ހިލޭ އެހީ

އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެއްވައިފިއެވެ. ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން...

22 May 2019 | 06:08

އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެއްވައިފިއެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ހެދުމަށް ދީފައި ވަނީ 7,806,900.00 ދިވެހި ރުފިޔާ އެވެ.

ފޮރެން މިނިސްޓްރީން ބުނީ، މި ކޮންވެންޝަން ސެންޓަރުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއި ތަފާތު އެހެނިހެން ކަންކަން ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުން ކަމުގައެވެ. މީގެ އިތުރުން މި ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް