ދުވަހުގެ ރެސްޓޯރެންޓްގެ މިއަދުގެ ސެގްމެންޓް މި ހާއްސަކޮށްލަނީ އަރީވާ ކެފޭ އެންޑް ރެސްޓޯރެންޓަށެވެ. ފިޔާތޮށި މަގުގައި ހުންނަ މި ރެސްޓޯރެންޓުގެ އިފްތަރް މެނޫ އިން ވަރަށް މީރު އަދި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެއެވެ. އަދި އިފްތަރް މެނޫތަކުގެ އަގުވެސް އެހާމެ ހެވެވެ.
އަރީވާ އިން އިފްތަރަށް ހާއްސަ ތިން މެނޫ އެއް އެކުލަވާލައިފައި ވެއެވެ. ފުރަތަމަ މެނޫ އިން 99 ރުފިޔާ އަށް ރޯދަ ވީއްލޭނެއެވެ. ދެވަނަ މެނޫ ގައި ފުރަތަމަ މެނޫ އަށް ވުރެ ބާވަތްތައް ގިނައެވެ. މި މެނޫ ގެ އަގަކީ 149 ރުފިޔާއެވެ. ތިން ވަނަ މެނޫ ގައި ދެވަނަ މެނޫ އަށް ވުރެ ބާވަތްތައް ގިނައެވެ. މި މެނޫގެ އަގަކީ 199 ރުފިޔާއެވެ. މިހާ ހިސާބުން އަރީވާގެ އިފްތަރް މެނޫތައް ހިއްސާކޮށްލާނަމެވެ.
އަރީވާ އިން ރޯދަ ވީއްލަން ބޭނުންފުޅުވާ ބޭފުޅުން އެދުވަހެއްގެ 16:00 ގެ ކުރިން ގުޅާލުމުން ބުކް ކޮށްލެވޭނެއެވެ. ބުކް ކުރުމަށް ގުޅުއްވާނީ 7471717 ނަންބަރަށެވެ. މި އާޓިކަލް ޝެއާ ކުރައްވައިގެން އަރީވާ އިން ދެ ބޭފުޅަކަށް ރޯދަ ވީއްލުން ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް