ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސް ކޮށްފި

އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ. ފުލުހުން މިކަމަށް އިލްތިމާސް ކޮށްފަ...

22 May 2019 | 00:27

އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ ދިވެހިރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅޭގޮތުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަމަށެވެ.

"ސްރީލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެސް ފޯސް އިން ވަނީ 05 މެއި 2019 ވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 119 ނުވަތަ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ގުޅުއްވާ ރިޕޯޓްކުރެއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް