އޭޕްރީލް 14 ވަނަ ދުވަހު އަމީނީ މަގުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ޕިކްއަޕް ދުއްވި ޑްރައިވަރާ މެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަމީނީ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް އެވަގުތު އަމީނީ މަގުގައި ޕާކް ކުރަން އުޅުނު ޕިކްއަޕް އެއް ފަހަތަށް އައި ވަގުތު ސައުކަލުގައި ޖެހި އެކްސިޑެންޓް ވެ، އަދި ޕިކްއޕް ކުރިއަށް ދުއްވާލުމުގެ ސަބަބުން އެ މަގުގައި ޕާކު ކޮއްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުންނެވެ.
އެހެންކަމުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ "ނ" ގެ ދަށުން ޕިކްއަޕް ދުއްވި ޑްރައިވަރާ މެދު ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން އޭނާގެ ލައިސެންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް