ސްރީލަންކާގައި ހިނގި ބޮމުގެ ހާދިސާގައި، ބޮމުގެ ހަމަލާ ދިނުމުގައި އެއްވެސް ދިވެއްސަކު ބައިވެރިވެފައި ނުވާ ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ހާމަކޮއްފިއެވެ.
އެއްވެސް ދިވެއްސަކު މި ހަމަލާ ދިނުމުގައި ބައިވެރިވެފައި ނުވާކަން ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ކަށަވަރު ކޮއްދީފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި މި ހަމަލާއާގުޅީގެން ދޮގު މައުލޫމާތު ނުފެތުރުމަށްވެސް އެ ސެންޓަރުންވަނީ އިލްތިމާސް ކޮއްފައެވެ.
މި ހާދިސާގައި ލަންކާގެ އަށް ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 300 އާ ގާތްކޮއްފައިވާއިރު، މި ހަމަލާގައި 500 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވެއެވެ.
އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކްރިސްޓިއަނުން އަޅުކަންކުރާ ތިން ޗާޗަކަށާއި ފަތުރުވެރިން ތިބޭ ތިން ހޮޓަލަކަށެވެ. މީގެ އިތުރުން ދިވެހިން އާއްމުކޮށް އުޅޭ ސަރަހައްދެއްގެ ޒުލެއް ކައިރީގައާއި އަދި އެހެން ހިސާބެއްގައިވެސް ގޮއްވުމެއް ގޮއްވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް