މާދަމައަކީ ލަންކާގައި ގައުމީ ފެންވަރުގައި ހިތާމަ ފާޅުކުރާ ދުވަހެއް ކަމުގައި ލަންކާގެ ސަރުކާރުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެގައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައެވެ.
މިގޮތަށް ނިންމާފައިވަނީ އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެންނެވެ. ތިން ޗާޗަކަށާއި ތިން ހޮޓަލެއްގެ އިތުރުން އިތުރު ދެތަނެއްގައި ޖާނުން ފިދާވެ އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް