ލަންކާގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިޔަން ރުޕީސް ދޭން ނިންމައިފި

އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި ފަރާތްތަކުގެ އާއިލާތަކުން ކޮންމެ އާއިލާއަކަށް އެއް މިލިޔަން ލަންކާ ރުޕީސް ދިނުމަށް އެގައުމުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ...

22 Apr 2019 | 12:08

އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި ފަރާތްތަކުގެ އާއިލާތަކުން ކޮންމެ އާއިލާއަކަށް އެއް މިލިޔަން ލަންކާ ރުޕީސް ދިނުމަށް އެގައުމުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

މީގެ އިތުރުން ޒަހަމްވި ފަރާތްތަކަށް އެއް ލައްކަ އާއި ތިން ލައްކައާއި ދެމެދުގެ އަދަދެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި މަރުވި މީހުންގެ ޖަނާޒާގެ ކަންމަށް އެއްލައްކަ ރުޕީސް ދިނުމަށްވެސް ކެބިނެޓުން މިއަދު ވަނީ ނިންމާފައެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަކުގައި 300 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވެއެވެ. 500 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވެއެވެ.

އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކްރިސްޓިއަނުން އަޅުކަންކުރާ ތިން ޗާޗަކަށާއި ފަތުރުވެރިން ތިބޭ ތިން ހޮޓަލަކަށެވެ. މީގެ އިތުރުން ދިވެހިން އާއްމުކޮށް އުޅޭ ސަރަހައްދެއްގެ ޒުލެއް ކައިރީގައާއި އަދި އެހެން ހިސާބެއްގައިވެސް ގޮއްވުމެއް ގޮއްވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް