އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވެވި ދަތުރުފުޅު ނިންމަވާލުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ.
ރާއްޖޭގެ ކްރިކެޓް ތަރައްގީ ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭގޮތުން އިންޑިއާގެ ކްރިކެޓް ބޯޑާ އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި ބައްދަލުކުރައްވާފައެވެ.
އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރާއި، ޗެންނާއީ ސުޕަރ ކިންގްސްއާ ދެމެދުގައި ކުޅެވުނު އައި.ޕީ.އެލް. ކްރިކެޓް މެޗް ވެސް ބައްލަވައިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް