ށ.ޅައިމަގުގައި ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.
މި ބިދޭސީމީހާ އަކީ ކުރިމަގު ނަމަކަށް ކިއުނު މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެކެވެ.
އެރަށު މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ، ފަތިހު އެ ދޯނީ މާލެ ފުރި ފަހުން އެ ބިދޭސީ މީހާ ދޯނީގައި ނެތްކަން އެނގިގެން އެ ވާހަކައާއި އެމީހާ ކޮބައިތޯ ބަލާދިނުމަށް ރަށު މީހެއް ގާތު އެދުނު ކަމަށެވެ.
ރޭގައި އެދޯނީގެ ތެރޭގައި މީހުން ޒުވާބު ކުރި އަޑު އެރަށު މީހުންނަށް އަޑު އިވުނު ކަމަށްގެއްލުނު ކަމަށާއި، ބިދޭސީ މީހާ ރޭގައި ދޯންޏަށް އެރި މަންޒަރު އެ ރަށު ބައެއް މީހުންނަށް ފެނުނު ކަމަށްވެސް އެމީހާ ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި ގެއްލުނު ބިދޭސީ މީހާ ރޭގައި ގެއަށް ނިދަން ނިދާކަމަށްވެސް އެމީހާ ބުންޏެވެ.
މިހާރު އެރަށު ރައްޔިތުންނާއި ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެމީހާ މައުލޫމާތުދިނެވެ. ނަމަވެސް އަދިވެސް ބިދޭސީ އެ މީހާ ނުފެންނަ ކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޯނި މިހާރު އޮތީ ގާފަރާއި ދިމާ ބޭރުގައެވެ. އަދި އެ ދޯނި ޗެކު ނުކުރަނީސް މާލެ ފަޅަށް ނުވަންނަން އަންގައި އެ ދޯނި ފާސްކުރާނެ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
މިފަދަ ކަމެއް ހިނގައިގެން އުޅޭކަމަށް ޅައިމަގު ކައުންސިލްގެ ރައިސް އަބްދުލް ޣަނީ މައުލޫމާތު ދެއްވާފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް