ލަންކާގެ ޗާޗެއް ކައިރިން މީގެ އިރުކޮޅެއް ކުރިން އެއްޗެއް ގޮވައިފި އެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެއްޗެއް ގޮވާފައި ވަނީ، ވެހިކަލެއްގައި ގޮވާ ޒާތުގެ އެއްްޗެއް އޮތްކަން އެނގުމުން ސެކިއުރިޓީ ފަރާތްތަކުން އޭތި ނައްތާލުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައި ވަނީ ލަންކާގެ ކޮއްޗިކަޑޭ ޗާޗު ސަރަހައްދުގައި ކަމަށްވެސް ރިޕޯޓުތަކުން ބުނެ އެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިއީ ކުޑަ ގޮވުމެކެވެ.
އިއްޔެ އިން ފެށިގެން ލަންކާގެ ސިފައިންނާއި ފުލުހުން ގުޅިގެން ބަލާ ފާސްކުރުމުގެ ތެރެއިން، ގޮވާ ޒާތުގެ އެއްޗެހިތަކެއް ކަމަށް ޝައްކު ކުރެވޭ ތަކެތި އަންނަނީ އިތުރަށް ވެސް ފެންނަމުންނެވެ.
އިއްޔެ ލަންކާގައި އަށް ސަރަހައްދެއްގައި ބޮން ގޮއްވާލާފައިވާ އިރު، އެ ހާދިސާ ތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފަ އެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު 500 އަށް ވުރެ ގިނައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް