ވެމްކޯއިން މިސްކިތު ފަންޑަށް ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފި

ވެމްކޯއިން އިއްޔެ "ދަރުމަ ކަމާކެމި" ގެ ފަންޑަށް ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ދަރުމަކަމާކެމީގެ ހަރަކާތަކީ، މިސްކިތްތަކުގެ ފަންޑަށް އެހީވާން ބޭނުންވާ އާ...

22 Apr 2019 | 08:33

ވެމްކޯއިން އިއްޔެ "ދަރުމަ ކަމާކެމި" ގެ ފަންޑަށް ބައި ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ދަރުމަކަމާކެމީގެ ހަރަކާތަކީ، މިސްކިތްތަކުގެ ފަންޑަށް އެހީވާން ބޭނުންވާ އާންމު ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިގެން ދެދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

https://twitter.com/WAMCOmv/status/1120191131227021312

އިސްލާމިކް މިނިސްޓްރީން ބުނީ، އާދީއްތަ ދުވަހުގެ 18:00 ގެ ނިޔަލަށް 709458.54ރ. ލިބިފައިވާ ކަމަށާއި، ދީނީ ފަންޑަށް 126،534.59ރ. ލިބިފައިވާކަމަށެވެ. މީގެ އިތުރުން މިސްކިތު ފަންޑަށް 668.29 ޑޮލަރު އަދި ދީނީ ފަންޑަށް 276.77 ޑޮލަރު ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ވެމްކޯއިން ހަދިޔާކުރި ފައިސާއާއި ހަވާލުވީ އިސްލާމިން މިނިސްޓަރު އަލީ ޒާހިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް