ރައްޔިތުންގެ މަޖިލީހަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅި މަސްވެރިކަމާ ބެހޭ ބިލް އަނބުރާ ގެންގޮސްފިއެވެ.
މި ބިލް އަނބުރާ ގެންގޮސްފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ހަނިވާ ކަންތައްތައްކެއް އޮތުމުންނެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ މި ބިލް އަނބުރާ ގެންގޮސްފައިވާކަމަށް އިއުލާންކުރައްވައި، އެ ބިލް ދޫކޮށްލެއްވީ ބިލް ހުށަހެޅުއްވި މެމްބަރު އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ވިދާޅުވެފައެވެ.
އެ ބިލްގައި ބަޔާންކޮށްފައިވަނީ، މަސްވެރިކަން ކުރަން ދިވެހިންނަށާއި ބޭރުމީހުންނަށް ހުއްދަ ދެވޭނީ ފީއެއް ދައްކައިގެން ކަމުގައެވެ. އަދި ފީ ކަނޑައަޅާނީ ފިޝަރީސް މިނިސްޓްރީން ހަދާ ހާއްސަ ގަވާއިދަކުން ކަމަށްވެސް އެ ބިލްގައި ވެއެވެ. މިކަމާ ގިނަ ބަޔަކު ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ މިހާތަނަށް މަސްވެރިކަން ކުރަން އެއްވެސް ފީއެއް ދައްކައިފައި ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް