އިންޑިއާގެ އެންމެ މަޝްހޫރު ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ވިރާޓް ކޯލީ އަދި މަހެންދްރަ ސިންގް ދޯނީގެ ފަރާތުން، ސޮއިކޮށްފައިވާ ކްރިކެޓް ބެޓަކާއި ޖާޒީއެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ރައީސް ސޯލިހަށް އެ ހަދިޔާ އަރުވާފައި ވަނީ އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އާއި ޗެންނާއީ ސުޕަ ކިންގްސް ރޭ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް އެމަނިކުފާނު ދަނޑަށް ވަޑައިގަތުމުންނެވެ.
ރައީސް ސޯލިހު އެ މެޗު ބެއްލެވުމަށް އިންޑިއާއަށް ވަޑައިގަތީ އިންޑިއާއިން ދިން ހާއްސަ ދައުވަތަކަށެވެ.
ރޭގެ މެޗުން މޮޅުވެފައިވަނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ކުޅުނު ޓީމު ކަމަށްވާ ރޯޔަލް ޗެލެންޖާސް ބެންގަލޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް