ރޯދަމަހު އެމްއެމްއޭ އިން ހިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފި

1440 ވަނަ ރަމަޝާން މަހު މޯލިޑްވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފިއެވެ. އެމްއެމްއޭއިން ބުނީ ރަމަޝާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އެ އޮތޯރިޓީ ހުޅުވި...

22 Apr 2019 | 06:46

1440 ވަނަ ރަމަޝާން މަހު މޯލިޑްވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ރަމަޝާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށެވެ.

މީގެ އިތުރުން، އެމްއެމްއޭގެ މަރުކަޒީ ބޭންކިންގ ގެ ދަށުން ފައިސާ ބަލައިގަތުމާއި ދޫކުރުން ކުރިއަށް ދާނީ ހެނދުނު 9:30 ން މެންދުރު 12:30 އަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރާނީ 09:30 ހުން ފެށިގެން 11:00 އާއި ހަމަޔަށް ކަމަށާއި، ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެންދުނު 09:30 ހުން ފެށިގެން 12:00 އަށް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް