ހަމަލާތައް ދިނުމުގައި ޝާމިލުވީ ގައުމަށް ނިސްބަތްވާ ގައްދާރުން: ބޮޑުވަޒީރު

އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތައް ދިނުމުގައި ޝާމިލުވި ފަރާތްތަކަކީ އެގައުމަށް ނިސްބަތްވާ ގައްދާރުން ކަމުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އ...

22 Apr 2019 | 00:33

އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތައް ދިނުމުގައި ޝާމިލުވި ފަރާތްތަކަކީ އެގައުމަށް ނިސްބަތްވާ ގައްދާރުން ކަމުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ހަމަލާތަކާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަނިލް ވިދާޅުވިގޮތުގައި މި ހަމަލާތަކާއި ގުޅިގެން ގައުމުތަކުގެ ވެރިން ގުޅުއްވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އެހީ ބޭނުންވާނީ ހަމަލާ ދިން ފަރާތްތަކުން ބޭރުގެ އެހީ ހޯދާފައިވާނަމަކަމަށް ވިދާޅުވިއެވެ. އަދި ހަމަލާ ދިން މީހުންގެ މައުލޫމާތު ވަރަށް އަވަހަށް ފުލުހުން ހާމަކުރާނެކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ ހަމަލާ ދިން މީހުންނަކީ އެ ގައުމަށް ނިސްބަތްވާ މީހުން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގާ މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމުގައިވެސް ރަނިލް ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވިގޮތުގައި ހަމަލާތަކެއް ދީފާނެ ކަމުގެ މައުލޫމާތެއް ސަރުކާރަށް ކުރިން ލިބިފައިވެއެވެ. އަދި އެކަށީގެންވާ ފިޔަވަޅު ދުރާލާ އެޅި ނަމަ މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ކުޑަވާނެކަމުގައިވެސް ރަނިލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް