ލަންކާ ބޮމުގެ ހަމަލާ: އެއާޕޯޓާ މާ ދުރު ނޫން ހިސާބެއްގައި އޮތް ބޮމެއް ނުގޮވާ ގޮތް ހަދައިފި

އިއްޔެ ހެނދުނާއި މެންދުރު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގއި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ގައުމުގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި މާ ދުރު ނޫން ސަރަހައްދެއްގައި އޮތް ބޮމ...

22 Apr 2019 | 00:21

އިއްޔެ ހެނދުނާއި މެންދުރު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގއި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ގައުމުގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި މާ ދުރު ނޫން ސަރަހައްދެއްގައި އޮތް ބޮމެއް ނުގޮވާ ގޮތް ހަދައިފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއާޕޯޓާއި މާ ދުރުނޫން ސަރަހައްދަކުން ފެނިފައިވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް އެކެވެ. މި ބޮން ނައްތާލީ އެގައުމުގެ  އެއާފޯސް އިންނެވެ. މި ބޮން ފެނުނީ އެއާޕޯޓާއި ވަރަށް ގާތުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެއާފޯސްގެ ތަރުޖަމާނު ބުނެފައިވާގޮތުގައި އެ ބޮން ފެނުނީ އެއާޕޯޓާއި މާ ދުރު ނޫން ސަރަހައްދެއް ކަމުގައިވާ އާޑިއަމްބަލަމާ މަގުންނެވެ. އެ ބޮމަކީ އެ ގައުމުގައި ތައްޔާރުކޮށްފައިވާ ބޮމެއް ކަމުގައި ބެލެވޭކަމަށް އޭނާ ބުނެފައިވެއެވެ.

މި ހާދިސާއާއި އިއްޔެ ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން މުޅި ލަންކާގައިވަނީ ކާފިއު އިއުލާނުކޮށް ވަކި މުއްދަތެއް ނެތި ކާފިއު ހިންގަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް