ހޯދަމުންދާ ކުދިންނަށް ނިސްބަތްވާ ކަމަށް ބެލެވޭ ޓީޝާޓެއް ފެނިއްޖެ

އައްޑޫ ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ޓީޝާޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނ...

22 Apr 2018 | 04:53

އައްޑޫ ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ޓީޝާޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ ހިތަދޫއިން ގެއްލިގެން ހޯދަމުންދާ ދެކުދިންގެ ތެރޭން ކުއްޖެއްގެ ޓީޝާތެއް ކަމަށް ޓީޝާޓެއް ކަމަށް ބެލެވޭ ޓީޝާޓެއް ރޭ ދަންވަރުގެ ވަގުތެއްގައި އެ ސަރަހައްދުން ފެނިފައިވާކަމަށެވެ. ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ ދެކުދިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކުދިން ހޯދުމުގައި މިހާތަނަށް ތިން ނޯޓިކަލް މޭލު ވަނީ ބެލިފައި ކަމަށެވެ.

މިއަދުވެސް ވައިގެ މަގުން ހެލިކޮޕްޓަރުގައި ދަނީ ބަލަމުން ކަމަށާއި ހުއްޓުމެއްނެތި އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗެއް ކަނޑުގެ ސާފޭސް އޭރިއާ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ ހިތަދޫ ޗަނބޭލީގޭ އުމުރުން 14 އަހަރުގެ އަލީ ފަހުމީ އާއި އެރަށު ޓޮޕާޒް އުމުރުން 14 އަހަރުގެ މަޔާމީން އަލީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް