ފުލިދޫ ކައިރީ އޮތް ގިރިއަކަށް ދޯންޏެއް އަޑިއަށް ގޮސްފި

މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ވ. ފުލިދޫ ކައިރީ އޮތް ގިރިއަކަށް އަރައި އަޑިއަށް ގޮސްފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ "މާވާ ސްޓާ" ނަމަކަށް ކިޔާ އެ ދޯނި ދިޔަވެ...

22 Apr 2018 | 03:50

މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ވ. ފުލިދޫ ކައިރީ އޮތް ގިރިއަކަށް އަރައި އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ "މާވާ ސްޓާ" ނަމަކަށް ކިޔާ އެ ދޯނި ދިޔަވެ އަޑިއަށް ދިޔައީ ފުލިދޫ ހުޅަނގުން 4.7 ނޯޓިކަލް ބޭރު ދުރުގައި އޮތް ގިރިއަކަށް އަރައި ކަމަށެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ކޮށްފައިވަނީ ހެނދުނު 6:15 ހާއިރު އެވެ.

ދޯނި އަޑިއަށް ދިޔަ އެ ދޯނީގައި ފަސް މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އެމީހުން މިހާރު ވަނީ ސީއެމްބިއުލާންސަށް ނަގާފައި ކަމަށް މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ދޯނި އަޑިއަށް ދިޔަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރު ކުރުމުގަ އާއި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް