ހެނދުނު ހެނދުނާ ނިދި ފިލުވާލުމަށް ހޭލައިގެން އާންމުކޮށް ބޯ އެއްޗަކީ ކަޅު ސައި ތަށްޓެއް ނުވަތަ ކޮފި ތަށްޓެކެވެ.
އެއީ ގޯސް ކަމެއް ނޫނެވެ. ކޮފީ ތަށްޓެއް ބޯލުމުން އޭގެ އަސަރު މުޅި ހަށިގަނޑަށް ކޮށް، މޯޅިވެފައިވާ ސިކުނޑި ހޭލައްވާލަ އެވެ. އެއީ ކޮފީ ތައްޔާރުކޮށްފައި ހުންނަ ކެފެއިންގެ ސަބަބުން ނެވެ.
އިތުރު އެއްޗެއް ނުކައި ކޮފީ ބުއިމުން ހެނދުނު ހެނދުނާ ބޮޑުކަމުދާން ބޭނުންވާ މީހުންނަށް އެހީއަކަށްވެ އެވެ. އެއީ ކެފެއިންގެ އަސަރު ހަޖަމް ކުމުގެ ނިޒާމުގައި ހުންނަ ލޭ ނާރުތަކަށް ކުރުމުން ބަނޑު ހަރު ނުވެ ފަސޭހައިން ބޮޑުކަމު ދެވޭނެތީ އެވެ.
ހަމައެކަނި ކޮފީއެއް ނޫނެވެ. ހުސްބަނޑާ ހުރެ ހެނދުނު ސައި ނުވަތަ ހޫނުކޮށް ހުންނަ ކޮންމެ ދިޔާ އެއްޗެއް ބުއި ކަމަށްވިޔަސް ބޮޑުކަމު ދެވޭނެ އެވެ. އެއީ ހޫނުގެ އަސަރު ހަޖަމް ކުރުމުގެ ނިޒާމަށް ދިއުމުން ބަނޑުގައި ރިއްސުމާއި ބޮޑުކަމު ނުދެވި އެ ނިޒާމުގައި ތާށިވެފަ ހުންނަ އެއްޗެހި ދިޔާވާގޮތްވާތީ އެވެ.
އަދި ހެނދުނު ސައި ތަށްޓެއް ނުވަތަ ހޫނު ފެންތަށްތެއް ބޯނަމަ އާންމުކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދީ ވަރުބަލިކަމުން ދުރުކޮށްދެ އެވެ.
މި ކަންކަމަކީ ބޮޑުކަމު ދިއުމުގައި މާބޮޑު މައްސަލައެއް ނޫޅޭ މީހުން އަމަލު ކުރަން ރަނގަޅު ގޮތެކެވެ. އެކަމަކު ބޮޑު ކަމު ދިއުމުގައި މައްސަލަ ދިމާވާ މީހުން އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް