މެލޭޝިޔާގެ މަގެއްގެ މަތީގައި އިއްޔެ ދިން ހަމަލާއެއްގައި ފަލަސްތީނަށް ނިސްބަވްތާ ޕްރޮފެޝަރަކު ޝަހީދުކޮށްލާފައިވާއިރު އެ ހަމަލާއަކީ އިޒްރޭލުގެ މޮސާދު ސްޕައި އެޖެންސީގެ އަމަލެއް ކަމުގައި ޕްރޮފެޝަރުގެ އާއިލާއިން ތުހުމަތު ކޮށްފި އެވެ.
އެ ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 35 އަހަރުގެ ފާދީ މުހައްމަދު އަލް-ބަޝް އެވެ. ސައިކަލުތަކެއްގައި ދިޔަ ބަޔަކު އޭނާއަށް ބަޑީގެ ހަމަލާއެއް ދިނީ ފަތިސް ނަމާދަށް ދަނިކޮށް ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ. އޭނާގެ ގަޔަށް އަށް ވަޒަން އަރާފައިޥާއިރު ވަގުތުން އޭނާ މަރުވި ކަމުގައި މެލޭޝިޔާގެ ފުލުހުން ބުނެފައި ވެ އެވެ.
މި މަރުގެ ތަހުގީގު މެލޭޝިޔާގެ ފުލުހުން ފަށާފައިވާއިރު އެ ހަމަލާއަކީ އިޒްރޭލުގެ ޖާސޫސުން ދިން ހަމަލާއެއް ކަމުގައި ފާދީގެ އާއިލާއިން ސިފަކޮށްފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އެހީގައި ނެރެފައިވާ ބަޔާނެއްގައި އެވެ. އެ ބަޔާނުގައި އެ ހަމަލާއަކީ އިޒްރޭލުގެ ހަމަލާއެއް ކަމުގައި ހަމާސްއިން ބުނެފައިނުވިނަމަވެސް ހަމާސް އިން ވަނީ ފާދީއަކީ ޝަހީދެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް