މިރޭ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން މި...

21 Apr 2018 | 20:28

ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން މިރޭ ދަންވަރު 1:30 ފަތިހު 5:30 ހާއި ދެމެދު އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންވެ ކަނޑު ދަތުރު ކުރުމުގަ އާއި އާންމު ދިރިއުޅުމުގައި އާންމުން ރައްކާތެރިވުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.

މިއަދު ވަނީ އުތުރާއި ދެކުނުގެ ގިނަ ރަށްތަކަކަށް އުދަ އަރާފަ އެވެ. އެގޮތުން މެންދުރު ފަހުން އަރަން ފެށި އުދައިގެ ސަބަބުން ގިނަ ރައްތަކަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ.

އުދަ އެރުވުމުން މިއަދު އެންމެ ބޮޑު ގެއްލުންވި ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީ، އއ. މާޅޮސް، އދ. ފެންފުށި، ގއ. ހޯޑެއްދޫ، އައްޑޫ ސިޓީ ހިތަދޫ، ރ. މަޑުއްވަރީ، ލ. ކުނަހަންދޫ، ދ. މީދޫ، ދ. މާއެނބޫދޫ، ދ. ބަނޑިދޫ، ތ. ކިނބިދޫ، ގދ. ނަޑެއްލާ ހިމެނެ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ވަނީ އުދަ އެރުމުގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ރައްޔިތުން ތައްޔާރުވެ، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް