ހުޅުލޭގައި އެމްއެންޑީއެފް ޕޯސްޓެއް އިމާރާތް ކުރަނީ

އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅައިފި އެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ބިން އަޅައިދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެނ...

21 Apr 2018 | 19:34

އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅައިފި އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ބިން އަޅައިދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

މި އިމާރާތަކީ ހުޅުލެއިން އަލަށް އެމްއެންޑީއެފަށް ލިބިފައިވާ ބިމުގައި ހަދާ އިމާރާތެކެވެ.

މިހާރުވެސް އެމްއެންޑީއެފަށް ހުޅުލެއިން ބިމެއް ދީފައި އޮވެ އެވެ. އެތަނުގައި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ކެއުމާއި ނިދުމުގެ ކަންކަން ހަމަޖެހިފައި ހުރެ އެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް