" ނިމްޝާ ބަނޑޮބޮޑުތަ؟" މިއީ އިންސްޓަގްރާމްގައި ނިމްޝާއާ މީހަކު ކޮށްފައިވާ ސުވާލެކެވެ. އޭގެ ޖަވާބުގައި ނިމްޝާ ވަނީ ބަނޑު ބޮޑު އަންހެނެއް އަތް މައްޗަށް ނަަގައިގެން ހުންނަ އިމޯޖީ އެއް ލާފައެވެ. އެހެންކަމުން ނިމްޝާ ބަނޑުބޮޑުކަމެއް ނޫންކަމެއް ޔަގީނެއް ނުވެއެވެ.
އަދި ނިމްޝާގެ ކުދިން ތިބޭތޯ އެހުމުން ވަނީ، ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްގެ އިމޯޖީ ލާފައެވެ. ލަފާ ކުރެވޭ ގޮތުގައި އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ބޭނުންވަނީ ކަން އިޝާރާތް ކުރީއެވެ.
ނިމްޝާއަކީ ގދ. ތިނަދޫ މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެންމެ 'ފޭވަރިޓް' މީހަކީ ކޮބައިތޯ އެހުމުން ނިމްޝާ ބުނީ 'ހުމާމް' ކަމަށެވެ.
ނިމްޝާގެ އިސްތަށިގަނޑާ ބެހޭގޮތުން ވެސް މީހަކު ސުވާލު ކޮށްފައި ވެއެވެ. އެގޮތުން މިހާރު އިސްތަށިގަނޑު ކުރުކޮށް އޮންނައިރު ވެސް ރިތި ކަމަށާއި، ނަމަވެސް ނިމްޝާގެ އިސްތަށިގަނޑު ދިގުކޮށް އޮއްވާ ފެންނަން ބޭނުންވާ ކަމަށް އޭނާގެ ސަޕޯޓަރެއް ބުނެފައި ވެއެވެ.
އޭގެ ޖަވާބަކަށް ނިމްޝާ ބުނެފައި ވަނީ، އޭނާގެ އިސްތަށިގަނޑު ދިގު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ މިހާރުން ފެށިގެން ކަމެއް ނޫނީ ފަހުގެ ތާރީޚެއްގައި ކަމެއް ނޭނގެއެވެ.
އޭނާއަށް ނަފްރަތު ކުރާ މީހުންނަށް ބުނާނެ ބަހެއް ނެތް ކަމަށް ނިމްޝާ އަންގައެވެ.
ނިމްޝާ ކުރިން އަދާކުރި ވަޒީފާ ކަމަށްވާ ކެބިން ކުރޫގެ ވަޒީފާއަށް އަލުން ގޮސްދާނެ ތޯ ކުރި ސުވާލަށް ނިމްޝާ ބުނެފައި ވަނީ އަލުން ކެބިން ކުރޫ ވަޒީފާއިން ފެނިވެސް ދާނެ ކަމަށެވެ. އަދި ނުފެނިވެސް ދާނެ ކަމަށެވެ. އެހެންކަމުން އެވަޒީފާއަށް އަލުން ނިމްޝާ ދިއުމުގެ ފުރުސަތު އެބަ އޮތެވެ.
ގިނައިން މޭކަޕް ކުރާ ކަމަށް އެއްބަސްވެ، އެއީ އޭނާ ދެކޭގޮތުގައި މައްސަލައެއް ނޫން ކަމަށް ނިމްޝާ ބުނެފައި ވެއެވެ.
ފިލްމެއްގެ ނުވަތަ ސީރީޒްއެއްގެ ވިލަން އެއްގެ ރޯލުން ފެނިދާނެ ތޯ ސުވާލު ކުރުމުން ނިމްޝާ ބުނެފައި ވަނީ ނުފެންނާނެ އެކޭ ނުބުނާނަން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތާނގައި ފިލްމަކުން ވެސް ނިމްޝާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް