ފަސް ލައްކައަށްވުރެ ގިނަ ފައިސާހުރި ތިޖޫރިއެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ ހުރި ތިޖޫރިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ތިޖޫރިއަކީ ރ އުނގޫފާރު ވެސްޓް ބީޗް ރެސްޓޯރެންޓް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރިއެއް ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 1:32ގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް