ޖިންސު ދޮންނާނެ ކަމެއް ނެތް ކަމުގައި މަޝްހޫރު ލީވައިސް ކުންފުނީގެ ސީއީއޯ ޗިޕް ބާރގް ބުނެފިއެވެ.
އަދި ޖިންސު އައިސް އަލަމާރިއަށް ލައިގެން ގަނޑު ކޮށްގެން ޖިންސު ސާފު ނުވާނެ ކަމަށް ބާރްގް ވަނީ ބުނެފައެވެ.ލީވައިސް ކުންފުނީގެ ފަރާތުން 2014 ވަނަ އަހަރު ބޭއްވި އިވެންޓެއްގައި ބާރގް އޭނަގެ ޖީންސު ލަނީ ނުދޮވެކަމަށް ބުނުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ވަނީ ލިބިފައެވެ.
ފާއިތުވި ބްރާސްފަތި ދުވަހު ސީއެންއެންއަށް މައުލޫމާތު ދެމުން ބާގު ބުނެފައިވަނީ އެދުވަހު ލި 501 ލީވައިސް ޖިންސު ނުދޮންނަތާ މިހާރު 10 އަހަރު ވެފައިވާކަމަށެވެ.
އަދި ޖިންސު ގަނޑުކުރިޔަސް އެ ސާފުނުވާނެކަމަށާއި ގަނޑުކޮށްގެން ޖިންސު ސާފުވާނެކަމަށް ބުނާ ބުނުމަކީ ފުލޯކު ވާހަކައެއް ކަމަށްވެސް ބާރގް ވަނީ ބުނެފައެވެ.ޗިޕް ބާގް މި އިންޓަވިއުގައި މިހެން ބުނި ނަމަވެސް މީގެ ކުރިން 2014 ވަނަ އަހަރު ބާރގް ބުނެފައިވަނީ އޭނަގެ ޖިންސު ސާފުކުރަން ދޮތުމުގެ ބަދަލުގައި ގަނޑުކުރަނީ ކަމަށެވެ.
އޭރު ލީވައިސް ކުންފުނިން ކުރިއަށް ގެންދިޔަ ޖިންސު އުފެއްދުމުގައި ބޭނުންކުރާ ފެން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ޖިންސު ވީހާވެސް ބޮޑަށް ނުދޮވެ ލުމަށް ކަސްޓަމަރުން ގާތު ވަނީ ބުނެފައެވެ. އަދި އޭގެ ބަދަލުގައި ޖިންސުގައި ހުންނަ ޖަރާސީމުތައް ނައްތާލުމަށް ޖިންސު ގަނޑުކުރަންވެސް ލީވައިސް އިން ވަނީ ބުނެފައެވެ.ލީވައިސް އަކީ ދިވެހި ޒުވާނުންގެ މެދުގައިވެސް ވަރަށް މަގުބޫލު ބްރޭންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް