ސައިކަލެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 3:17 ހާއިރު ހޯރަފުށީ ނީސް ނަމަކަށް ކިޔާ ގެއެއްގެ ކައިރީގައި ހުރި ސައިކ...

22 Mar 2019 | 16:14

ހއ. ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 3:17 ހާއިރު ހޯރަފުށީ ނީސް ނަމަކަށް ކިޔާ ގެއެއްގެ ކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެއީ އުމުރުން 28 އަހަރުގެ މީހެއް ކަމަށް ބުނެފައިވާއިރު ފުލުހުން ބުނެފައިވަނީ މި ހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށެވެ.

ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލާފައިވާއިރު މިދިޔަ ބުދަ ދުވަހުގެރޭ ދަންވަރު މާލޭގައި ހަތް ސައިކަލެއްގައި ރޯކޮށްލާ އަންދާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް