ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް ފަށައިިފި

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ. ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކި...

22 Mar 2019 | 11:35

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ބަލައިގެން ހަ ކެޓަގަރީއަކަށް ކުރިއަށް ގެންދާ "ދަ ވޯޓާ ހީރޯޒް" ގެ ނަމުގައި ފަށާފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މިއަދުން ފެށިގެން އޭޕްރިލް 25 އާ ހަމައަށް އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އަދި މި މުބާރާތަކީ ފެން ރައްކާތެރިކުރުމަށް ބާރުއެޅުމާއި ސާފު ރައްކާތެރި ފެން ބޭނުންކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށްވެސް ބުނެފައިވެއެވެ.

ފެނުގެ މުހިންމު ކަމާއި ފެން އިސްރާފު ނުކުރުމަށް ބާރުއެޅުމުގެ އިތުން ސަޕްލައިފެނަށް ހޭލުންތެރި ކުރުވުމުގެ ގޮތުން "އިސްކުރުން ފެން" ގެ ނަމުގައި ކެންޕޭނެއް ކުރިއަށް ގެންދާކަމަށްވެސް އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

''އިސްކުރުން ފެން" ޝިއާރުގެ ދަށުން ސްކޫލު ކުދިންނަށް ފެނާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ފެން ކުންފުިން ކުރިއާށް ގެންދަން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް